ޑީސަލާއި ޕެޓްރޯލްގެ އަގު އުފުލެމުންދާ ވަގުތެއްގައި ބޮޑު ކަންނެލި ކިލޯއެއް ގަންނަ އަގު 100 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށް މޯލްޑިވްސް ލޭބާ ޕާޓީން ގޮވާލައިފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ބުނީ ‏ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަ އަގު 85 ރުފިޔާ އަށް ދަށްކޮށްފައިވާ ކަމަށެވެ.

Ad
rt

ކަންނެލި ގަންނަ އަގު ދަށްކުރިއިރު ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 13.04 ރުފިޔާ އަށް ބޮޑު ވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ބީކޭއެމްޔޫގެ މި ކަންބޮޑުވުމާއި ގުޅިގެން ލޭބާ ޕާޓީން ބުނީ، ‏ޑީސަލާއި ޕެޓްރޯލް ގެއަގު އުފުލެމުންދާ ވަގުތެއްގައި ކަންނެލީގެއަގު ދައްކުރުމަކީ ކަންނެލި މަސްވެރިންނަށް ނުހަނުބޮޑު ގެއްލުމާއި ކުރިމަތިވާނެކަމެއް ކަމަށެވެ.

"ފާއިތުވެ މިދިޔަ ދުަވަސްތަކުގައި ދިން އަގު (100) ރުފިޔާއަށް ވުރެއް ގަންނަ އަގު ދަށްނުކުރުމަށް މަސްްގަންނަ ފަރާތްތަކަށް ގޮވާލަން!" ލޭބާ ޕާޓީން ބުނެފަވެއެވެ.

ރާއްޖޭގެ ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތުގައި ކަންކެނި ގަތުމަށް މިވަގުތު 7 ކުންފުންޏަކުން ހަރަކާތްތެރި ވެއެވެ. އެ ހުރިހާ ކުންފުންޏަކުން ވެސް ވަނީ ފާއިތުވި ދެތިން ދުވަހު ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެވެ.