Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,044 Stories
2,093 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އެސްޓީއޯއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި
Business

އެސްޓީއޯއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް  60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެސްޓީއޯގެ އީވޯޓީން މެދުވެރިކޮށް ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާބަހަން ފާސްކޮށްފައިވަނީ ހާޒިރުވި 682 ހިއްސާދާރުންގެ އައުލަބިއްޔަތުންނެވެ. މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަދުގެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަ...

އިޒްރޭލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރެއް އެކުލަވާލަނީ
International

އިޒްރޭލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރެއް އެކުލަވާލަނީ

އިޒްރޭލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ހަބަރުތައް ފެތުރެން ފެށުނީ އެ ގައުމުގެ ޔާމިނާ ޕާޓީގެ ލީޑަރު ނަފްތަލީ ބެނެޓް މިހާރުގެ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގަންނަންވަން ނިންމާފައިވާކަމަށް އިއުލާން ކުރުމުންނެވެ. އިދިކޮޅުން ސަރުކާރެއް އެކުލަވާލައިފިނަމަ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ. ބެނެޓް ބޭރުގެ މީޑިއާތަކަށް ވިދާޅުވެފައިވާގޮތުގައި އޭނާ އިދިކޮޅާ ގުޅެން ނިންމ...

އެސްޓީއޯ އެގްރިސެންޓަރުން ދަނޑުވެރިންގެ އުފެއްދުން ވިއްކަން ފަށައިފި
Business

އެސްޓީއޯ އެގްރިސެންޓަރުން ދަނޑުވެރިންގެ އުފެއްދުން ވިއްކަން ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެގްރިސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ފަށައިފިއެވެ. އެސްޓީއޯ އެގްރިސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ފަސޭހަ ގޮތެއް ހޯދައި ދިނުމަށް އެކުންފުނިން ހުޅުވިތަނެކެވެ. މި ސެންޓަރު ހުންނާނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ ކައިރީގައެވެ. މި ސެންޓަރުން މިވަގުތު ވިއްކާ ތަކެތީގެ ތެރޭގައި މިރުހާއި ކައްޓަލަ ހިމެނެއެވެ. އެ ކުންފުނިން ބުނީ މިތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް...

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި
Business

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިންބުނެފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާ ފަސްކުރަން ޖެހުނީ މި މަހުގެ 16ވަނަ ދުވަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުންކަމަށެވެ. އެހެންކަމުން އެ ޖަލްސާ އަންނަ މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައި ބުނެފައިވާ […]

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި
Business

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެެ. އަދި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއް...

މިންގަޑާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ ވެށި ފާރަވެރިންނަށް އަނިޔާ ލިބޭ: ވެމްކޯ
Business

މިންގަޑާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ ވެށި ފާރަވެރިންނަށް އަނިޔާ ލިބޭ: ވެމްކޯ

ވެމްކޯއިން އަންގާފައިވާ މިންގަނޑުަތަކާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ އެ ކުންފުނީގެ ވެށި ފާރަވެރިންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް އެ ކުންފުނިންބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވެށި ފާރަވެރިއެއް ކަމަށްވާ އަފްރާހު މޫސާ ކުނި ނެގުމުގެ ތެރޭގައި އަތަށް މުށި ވަދެ ނާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ބައެއް ގެތަކުން ބިއްލޫރިއާއި ދަނގަޑާއި އެނޫންވެސް […]

ވެކްސިން ފުރިހަމަކޮށްފައިހުރި ފަރާތެއް ޕްޒިޓިވްވެއްޖެނަމަ، އުމުރަށް އިމިއުނިޓީ ލިބިދާނެ: ދިރާސާ
International

ވެކްސިން ފުރިހަމަކޮށްފައިހުރި ފަރާތެއް ޕްޒިޓިވްވެއްޖެނަމަ، އުމުރަށް އިމިއުނިޓީ ލިބިދާނެ: ދިރާސާ

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ބަލިން އިމިއުނިޓީ ލިބިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި 2 ދިރާސާއަކުން މިކަމުގެ ފުރުސަތު އޮތް ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެ ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ނުޖަހާމީހަކު ޕޮޒިޓިވް ވުމުން އެއް އަހަަރަށް އިމިއުނިޓީ ލިބޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކަށް އެ ބަލި ޖެހުމުން އުމުރަށް އިމިއުނިޓީ ލިބުމަކީ ވެދާނެ ކަމެއްކަމަށް ވެއެވެ. މިއާއި އެކު ކޯވިޑް...

އެމްޑަބްލިއުއެސްސީން ވެސް މިމަހުގެ ފެން ބިލުން ޑިސްކައުންޓްދޭނެ
Thiladhunmathi News

އެމްޑަބްލިއުއެސްސީން ވެސް މިމަހުގެ ފެން ބިލުން ޑިސްކައުންޓްދޭނެ

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމި ގޮތަށް އެމް.ޑަބްލިއު.އެސްސީ އިން ހިދުމަތްދޭ ރަށްރަށުގެ މި މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރާއި ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެގޭބީސީތަކުގެ މި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓް ދޭނެ ކަމަށެވެ.  އަދި […]

މިނިސްޓަރު އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑްބޭންކުގެ ކުރީގެ އެކްޓިން ޗީފް
Raajje

މިނިސްޓަރު އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑްބޭންކުގެ ކުރީގެ އެކްޓިން ޗީފް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފިއެވެ. ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކްގެ އެކްޓިން ޗީފްގެ އިތުރުން ސީނިއާ ޑިރެކްޓާ ފޯ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަމީރު ވިދާޅުވީ، ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދިކޮވިޑްގެ މި ހާލަތުގައި ކަންކަން ނިންމުމުގައި އޭނާގެ އެހީތެރިކަން ހ...

އިންޓަނެޓަށް ގެނައި ބަދަލަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނަން: އިލްޔާސް
Business

އިންޓަނެޓަށް ގެނައި ބަދަލަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނަން: އިލްޔާސް

އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެއަށް އަމަލު ނުކުރާނަމަ ފިޔަަވަޅު އަޅާނަން ކަމަށް ކޮމިއުނިކޭޝަންއޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ. “ނެޓު ހެޔޮ” ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އަގަށް ގެނައި މި ހެޔޮ ބަދަލާއެކު އެކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނެ މިންވަރާމެދުބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދިނުމުގައި، ކުންފުނިތަކ...

ސްކޫލް ކުދިންނަށް އުރީދޫ އިން ހާއްސަ ޕެކޭޖެއް
Business

ސްކޫލް ކުދިންނަށް އުރީދޫ އިން ހާއްސަ ޕެކޭޖެއް

އުރީދޫއިން ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސްކޫލް ކުދިން ކިޔެވުމަސް ބޭނުންވާ ޑޭޓާ ހޯދަން އުރީދޫއާއެކު ކުރެވުނު މަޝްވަރާތައް ކާނިޔާބު ކަމަށެވެ. އަދި އެ ކުދިންނަށް ހާއްސަ ބްރޯޑްބޭންޑް ޕެކޭޖެއް ކަނޑައަޅައި އެކަން މިއަދު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެ މިނިސްޓްރީން ބުނީ މި ޕެކޭޖު މެދުވެރިކޮށް ޑޭޓާ ފޯރުކޮށްދެނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނާ...

މި މަހުގެ ބިލުތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ
Business

މި މަހުގެ ބިލުތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ

މި މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިސް އިބްރާހިމް މުހައްދަ ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ބިލާއިން ފެން ބިލުންޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ. މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެއެވެ. […]

ހޮންކޮންގއިން ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ވެކްސިން އުކާލަން ޖެހިދާނެކަމަށް ބުނެފި
International

ހޮންކޮންގއިން ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ވެކްސިން އުކާލަން ޖެހިދާނެކަމަށް ބުނެފި

ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ކޯވިޑް-19 ވެކްސިން އުކާލަން ޖެހިދާނެ ކަމަށް ހޮންކޮންގ އިން ބުނެފިއެވެ. ހޮންކޮންގގެ އޮފިޝަލަކު މިހެން ބުނެފައިވަނީ މިވަގުތު އެގައުމުގައި ހުރި ވެކްސިންގެ މުއްދަތު ހަމަވާއިރު އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ. ހޮންކޮންގ އަކީ މުޅި އާބާދިއަށް ޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަުގެ ތެރެއިން ގައުމެކެވެ. އެ ގައުނުގައި 7.5 މިލިއަން މީހުން ދިރިއުޅެއެވެ. އެ ގައުނުގެ އޮފިޝަލް ބުނީ ވެކްސިންގެ މުއްދަތު […]

އުރީދޫގޭ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒު
Business

އުރީދޫގޭ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒު

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް އެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފިއެވެ. ނިޔާޒުއަކީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ހިދުމަތް ފެށި ދުވަހުން ފެށިގެން އުރީދޫގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. އޭނާވަނީ އެ ކުންފުނީގެ އިސް މަގާމުތަކެއް ފާއިތުވި އަހަރުތަކުގައި އަދާ ކުރައްވާފައެވެ. ނިޔާޒު އުރީދޫގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެއްޖެއެވެ. އޭނާ ވަނީ ފާއިތުވު އެއްް އަހަރު ދުވަހުގެ ތެރޭގައި […]

މަލިކު ހިމެނޭ ލަކްޝަދީބުގައި ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރާތީ ރުޅިގަދަވެއްޖެ
International

މަލިކު ހިމެނޭ ލަކްޝަދީބުގައި ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރާތީ ރުޅިގަދަވެއްޖެ

ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގެ އާ އެޑްމިނިސްޓްރޭޝަނުން އެ ސަރަހައްދުގައި ބޮޑެތި ޖަރީމާތަކެއްހިންގާ ކަމަށް ބުނެ ނުރުހުން ފާޅު ކުރަން ފަށައިފިއެވެ. ލަކްޝަދީބަކީ މެޖޯރިޓީ މުސްލިމް ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ބަނގުރާ ބުއިން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޓެރިޓަރީގެ އާއެޑްމިނިޓްރޭޝަނުން އަންނަނީ ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރުމަށް މަަސައްކަތް ކުރަމުންނެވެ. ހިންދޫ ދީނުގައި ރާ ބުއިމަކީ ހުއްދަ ކަމެކެވެ. […...