އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް އެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފިއެވެ.
ނިޔާޒުއަކީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ހިދުމަތް ފެށި ދުވަހުން ފެށިގެން އުރީދޫގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. އޭނާވަނީ އެ ކުންފުނީގެ އިސް މަގާމުތަކެއް ފާއިތުވި އަހަރުތަކުގައި އަދާ ކުރައްވާފައެވެ.
ނިޔާޒު އުރީދޫގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެއްޖެއެވެ. އޭނާ ވަނީ ފާއިތުވު އެއްް އަހަރު ދުވަހުގެ ތެރޭގައި އެކްޓިން ސީސީއޯގެ މަގާމު އަދާކުރައްވައިފައެވެ.
އުރީދޫ އިން ބުނީ އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށް ދިނުމަށް އެކުންފުނިން ހާއްސަ އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެހެންވެ ސީސީއޯގެ މަގާމަށް ނިޔާޒު އައްޔަން ކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަޑައްތު ކޮށްފައިވާ ވަރަށް މުހިއްމުލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރ ނަޖީބް ޚާން ވަނީ ނިޔާޒަށް މަގާމު ދެއްވަމުން ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
"މީގެ 16 އަހަރު ކުރިން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ގުޅުމަށް ފަހު ރާއްޖޭގައި އަޅުގަނޑުމެންގެ ނެޓްވޯކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައިހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް ކޮށްދީފައިވާ ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ނަޖީބު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!