މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފައިވާ ކަމަށް އެ ކުންފުނިންބުނެފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާ ފަސްކުރަން ޖެހުނީ މި މަހުގެ 16ވަނަ ދުވަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުންކަމަށެވެ. އެހެންކަމުން އެ ޖަލްސާ އަންނަ މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން އަހަރީ އާއްމު ޖަލްސާ މެއި މަހުގެ 31ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެއެވެ.
މިއަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!