އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެއަށް އަމަލު ނުކުރާނަމަ ފިޔަަވަޅު އަޅާނަން ކަމަށް ކޮމިއުނިކޭޝަންއޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ.
"ނެޓު ހެޔޮ" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އަގަށް ގެނައި މި ހެޔޮ ބަދަލާއެކު އެކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނެ މިންވަރާމެދުބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދިނުމުގައި، ކުންފުނިތަކުން ދޭ ސްޕީޑާއި ފެންވަރު ކޮމިއުނިކޭޝަންއޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ފޯރުކޮށްދޭތޯ، އެ އޮތޯރިޓީން ބަލަމުންގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމަލު ކުރަން ޖެހޭ ދުވަހުން ފެށިގެން ކުންފުނިތަކުން އެގޮތަށް އިންޓަނެޓް ހިދުނަތް ދޭތޯ ބަލާނެ. އެކަން ނުވާ ކަމަށް ވެއްޖެއްޔާ އަޅަން ޖެހޭ ފިޔަވަޅުތައް ވެސްއަޅަމުން ގެންދާނަން،" އިލިޔާސް ވިދާޅުވިއެވެ.
އިންޓަނެޓުގެ އަގުތަކަށް ސަރުކާރުން ގެނައި ގެނައި ހެޔޮ ބަދަލުތައް މިއަދު އިއުލާނު ކުރެއްވިއިރު، ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަން ޕެކޭޖްތަކުގެ އަގު ވަނީ 30 އިންސައްތަ ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަނެޓު ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަށް އަމަލު ކުރާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!