ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެެ. އަދި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެއެވެ.
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ %60 ނިމިއްޖެ.#MTCCProjects pic.twitter.com/HxQqjn8WF4
— MTCC Plc (@MTCCPlc) May 27, 2021
އެ ކުންފުނިން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކި ރަށްރަށުގައި ކުރަމުންނެވެ. މީގެ ތެރޭގައި އެއާޕޯޓާއި މަގު ހެދުމާއި ބަނދަރު ހެދުމުގެމަޝްރޫއުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!