ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ކޯވިޑް-19 ވެކްސިން އުކާލަން ޖެހިދާނެ ކަމަށް ހޮންކޮންގ އިން ބުނެފިއެވެ.
ހޮންކޮންގގެ އޮފިޝަލަކު މިހެން ބުނެފައިވަނީ މިވަގުތު އެގައުމުގައި ހުރި ވެކްސިންގެ މުއްދަތު ހަމަވާއިރު އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ. ހޮންކޮންގ އަކީ މުޅި އާބާދިއަށް ޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަުގެ ތެރެއިން ގައުމެކެވެ. އެ ގައުނުގައި 7.5 މިލިއަން މީހުން ދިރިއުޅެއެވެ.
އެ ގައުނުގެ އޮފިޝަލް ބުނީ ވެކްސިންގެ މުއްދަތު ހަމަވާން ބާކީ ހުރީ ތިން މަސްދުވަސް ކަމަށެވެ. އެ ގައުމުގައި ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. އެ ވެކްސިނަކީ މުއްދަތު ހަމަވުމަށްފަހު ބެނުން ނުކުރެވޭ ވެކްސިނެކެވެ.
އެނާ ބުނީ ދުނިޔޭގައި ވެކްސިން ނުލިބި ގިނަ ބަޔަކު ތިބި އިރު ލިބިފައި ހުރި ވެކްސިން ބޭނުން ނުކުރެވުމަކީ ދެރަ ކަމެއް ކަމަށެވެ. އެހެންކަމުން ވިހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އޮފިޝަލް ވަނީ އެދިފައެވެ.
ހޮންކޮންގ ސަރުކާރުން ބުނެފައިވާގޮތުގައި އިތުރު ޑޯޒުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ.
އެ ގައުމުގައި މިހާތަނަށް ވެކްސިން ދީފައިވަނީ އާާދީގެ 19 އިންސައްތައަށެވެ. އަދި 14 އިންސައްތަ ވަނީ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!