ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯގެ އީވޯޓީން މެދުވެރިކޮށް ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާބަހަން ފާސްކޮށްފައިވަނީ ހާޒިރުވި 682 ހިއްސާދާރުންގެ އައުލަބިއްޔަތުންނެވެ.

Ad
rt

މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަދުގެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަނީ އާއްމުންގެ ތެރެއިން ބޯޑަށް މެމްބަރަކާއި ކުރިއަށް އޮތް އަހަރުގެ އެ ކުންފުނީގެ އޮޑިޓަރުންވެސް ހޮވައިފައެވެ. އެގޮތުން، ވޯޓު ލި ހިއްސާދާރުންގެ އައުލަބިއްޔަތުން އާއްމުންގެ ފަރާތުން ބޯޑަށް އާމިނަތު ރުޝްމާ އައްޔަން ކޮށްފައިވާައިރު އޮޑިޓަރުންގެ ގޮތުގައި ފާސްކޮށްފައިވަނީ ޕްރައިސް ވޯޓާ ހައުސްކޫޕާސްއެވެ.