ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ބަލިން އިމިއުނިޓީ ލިބިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި 2 ދިރާސާއަކުން މިކަމުގެ ފުރުސަތު އޮތް ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެ ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ނުޖަހާމީހަކު ޕޮޒިޓިވް ވުމުން އެއް އަހަަރަށް އިމިއުނިޓީ ލިބޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކަށް އެ ބަލި ޖެހުމުން އުމުރަށް އިމިއުނިޓީ ލިބުމަކީ ވެދާނެ ކަމެއްކަމަށް ވެއެވެ.
މިއާއި އެކު ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ބޫސްޓަރ ޖަހަން ނުޖެހޭނެކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް ވެކްސިން ނުޖަހާ ފަރާތެއް ޕޮޒުޓިވްވެފައުވާނަމަ ވެކްސިން ފުރިހަމަކުރި ފަރާތްތަކާއި އެއްވަރަށް އިމިއުނިޓީއެއް ނުލިބޭނެ އެވެ.
މި ދިރާސާތަކުގައި ކޯވިޑް ޖެހުނުތާ ގާތްގަނޑަކަށް އަހަރެއް ވެފައިވާ ގިނަ މީހުން ވަނީ ޓެސްޓު ކޮށްފައެވެ. އެ ޓެސްޓުތަކުން ދައްކާގޮތުގައި އެ މީހުންހެ ބޯން މެރޯގައި ބީސެލްސް ވަނީ ފެނިފައެވެ. މި ސެލްތަކުން ކޯވިޑް އާ ދެކޮޅަށް ބޭނުންވާ އެންޓިބޮޑީސް ދޫކޮށްދެއެވެ.
ދެވަނަ ދިރާސާއެއްގައި ދައްކާ ގޮތުން ބަލި ޖެހުނުތާ އަހަރެއް ފަހުން މި ސެލްތައް ވެސް އަންނަނީ “މޭޗާ” ވަމުން ކަމަށެވެ.
ދިރާސާގައި ބައިވެރިވި ބައެއް މީހުންގެ ބޯން މެރޯއިން މި ސެލްތައް ނުފެނެއެވެ. އެހެންކަމުން އެންމެން މުޅިން އިމިޔުން ވާނެ ކަމާ މެދު ސުވާލު އުފެދެއެެވެ. އެހެންކަމުން ޕޮޒިޓިވް ވިޔަަސް ވެކްސިން ފުރިހަމަ ކުރުމަށް ސައިންސްވެރިން ދަނީ ގޮވާލަމުންނެވެ.
މިދިރާސާކޮށްފައިވަނީ ފައިޒާރ އާއި މެޑޯނާ ވެކްސިން ފުރިހަމަކުރި ފަރާތްތަކުގެ މެދުގައެވެ. ވޮޝިންޓަން ނުނިވަރސިޓީގެ މިދިރާސާގެ އަލީގައި އެއްވެސް ރަސްމީ އިދާރާއަކުން މިކަން ރަސްމީކޮން އަދި އިޢުލާންކޮށްފައެއްނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!