އުރީދޫއިން ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސްކޫލް ކުދިން ކިޔެވުމަސް ބޭނުންވާ ޑޭޓާ ހޯދަން އުރީދޫއާއެކު ކުރެވުނު މަޝްވަރާތައް ކާނިޔާބު ކަމަށެވެ. އަދި އެ ކުދިންނަށް ހާއްސަ ބްރޯޑްބޭންޑް ޕެކޭޖެއް ކަނޑައަޅައި އެކަން މިއަދު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި ޕެކޭޖު މެދުވެރިކޮށް ޑޭޓާ ފޯރުކޮށްދެނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނާއި ހިއްސާ ކުރާނެ ކަމަށެވެ.
ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް އުރީދޫއާއެކު ކުރެވެމުން ދިޔަ މަޝްވަރާތަކަށް އަލިމަގެއް ފެނި އުރީދޫގެ ބްރޯޑްބޭންޑް ޚިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ބޭނުންކުރެވޭނެ،ކިޔަވާކުދިންނަށް ޚާއްޞަ ޕެކޭޖެއް އުރީދޫއިން ތަޢާރަފް ކޮށްދެއްވާ .. 1/3
— Ministry of Education (@MoEdumv) May 26, 2021
އުރީދޫން ޑޭޓާ ޕްލޭނެއް ތައާރަފު ކޮށްފައި މިވަނީ ސްކޫލް ކުދިންނަށް ޑޭޓާ ދޭނީ ދިރާގުން އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމާ ގުޅިގެން ގިނަ ބެލެނިވެރިން ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!