ވެމްކޯއިން އަންގާފައިވާ މިންގަނޑުަތަކާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ އެ ކުންފުނީގެ ވެށި ފާރަވެރިންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް އެ ކުންފުނިންބުނެފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވެށި ފާރަވެރިއެއް ކަމަށްވާ އަފްރާހު މޫސާ ކުނި ނެގުމުގެ ތެރޭގައި އަތަށް މުށި ވަދެ ނާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން، ބައެއް ގެތަކުން ބިއްލޫރިއާއި ދަނގަޑާއި އެނޫންވެސް އަނިޔާވެދާނެ ފަދަ ތަކެތި ބަންދު ކުރުމުގައި އުސޫލުތަކަށް ނުބަލާ ކަން ފާހަގ ކުރެވިފައިވާ ކަމަށްވެމްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ދަނޑިވަޅުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުނި ނެގުމުގައި ވެށިފާރަވެރިން ހަރަކާތްތެރިވަނީ ރައްޔިތުންނަށް ފަސޭހަ ކުރުމަށްކަމަށެވެ. އެހެންކަމުން ކުނި ބަންދު ކުރާއިރު މުވައްޒަފުންނަށް ގެއްލުން ނުވާގޮތަށް ބަންދު ކުރުމަށް އެ ކުންފުނިން ވަނީ ހަދުމަ ކޮށްދީފައެވެ.
މީގެ އިތުރުން ކުނި ބަންދު ކުރާއިރު އެއީ ވެށިފާރަވެރިން އަމިއްލަ އަތުން ނަގާނެ އެއްޗެއްކަން ހަނދާން ކޮށްގެން ތިބެ ރައްކާތެރިކަމާއެކު ބަންދު ކުރުމަށް ވެމްކޯއިންއިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!