ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެގްރިސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އެގްރިސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދީ ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ފަސޭހަ ގޮތެއް ހޯދައި ދިނުމަށް އެކުންފުނިން ހުޅުވިތަނެކެވެ. މި ސެންޓަރު ހުންނާނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ ކައިރީގައެވެ.
މި ސެންޓަރުން މިވަގުތު ވިއްކާ ތަކެތީގެ ތެރޭގައި މިރުހާއި ކައްޓަލަ ހިމެނެއެވެ. އެ ކުންފުނިން ބުނީ މިތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެކަމަށެެ.
އެގްރިސެންޓަރުން ހޯލްސޭލްކޮށް ގިތެޔޮ މިރުސް ކިލޯއެއް 230ރ. އަށް އަދި ކައްޓަލަ ކިލޯއެއް 57ރ. އަށް ލިބޭނެއެވެ. އަދި ރީޓެއިލްކޮށް މިރުސް ކިލޯއެއް 250ރ. އަށްލިބޭއިރު ކައްޓަލަ ކިލޯއެއް 60ރ. އަށް ލިބޭނެއެވެ.
އެސްޓީއޯއިން މި ސެންޓަރު ހުޅުވީ މިއަހަރުގެ ކުރީ ކޮޅުގައެވެ. އެ ސެންޓަރު މެދުވެރިކޮށް ރާއްޖޭގެ ގިނަ އަދަދެއްގެ ދަނޑުވެރިންގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.
ތާޒާ ދިވެހި ގިތެޔޮ މިރުސް އެސްޓީއޯ އެގްރިސެންޓަރުން މިހާރު ލިބިވަޑައިގަންނަވާނެ. ☺️
އޯޑަރު ކޮއްލެއްވުމަށް 7291130 އަށް ގުޅުއްވާލައްވާ! pic.twitter.com/uvNW3DTMnr— STO Agricenter (@stoagricenter) May 30, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!