އެމްޑަބްލިއުއެސްސީން ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓެއް ބާއްވައިފި
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ސްޕޮންސާ ކޮށްގެން އައްޑޫ ސިޓީގައި ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓެއް ބާއްވައިފިއެވެ. މި ސްޕްރިންޓް މިހާރު ނިމިފައިވާއިރު އެކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާއާއި، އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ރޯވިން އެސޮސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ހަބީބު ބައިވެރިވަޑައިގެންނެވިއެ...