ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން، މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. މި މަޝްރޫއުގެ ދަށުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ދެކުނުފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެނ...