މިއަހަރު ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ ތިން ކޯ ސްޕޮންސަރުންނާއެކު އެއްބަސަވުމެއްގައި ސޮއި ކޮށްފައެވެ. މީގެ ތެރޭގައި އެސްޓީއޯގެ އިތުރުން ޔޫރޯ ސްޓޯރާއި އެޓޯލް އެޑްވެންޗާސް ހިމެނެއެވެ.

Ad
rt

“ރަންނަމާރި ޗެލެންޖް 1443 “ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

މިއީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފައެވެ.

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ތިބޭނީ އައިއެސްއޭ ސެޓިފައިޑް ދިވެހިންނެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުން ކުރާ ފުރަތަމަ މުބާރާތެވެ.