ހުޅުމާލޭގައި ހަދާ އުރީދޫގެ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އުރީދޫ ސިއީއޯ ނަޖީބު ހާން އާއި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންގެ ބައެއް ވެރިންނެވެ.

Ad
rt

އުރީދޫ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވީ މި އިމާރާތް ތަރައްގީ ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަމަށެވެ.

އުރީދޫން އަޅާ މި އިމާރާތުގައި 11 ފްލޯ ހުންނާނެއެވެ. މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް އަކާއި އެންޓަޓޭންމެންޓް އޭރިއާ އާއި ޓައުން ހޯލް އޭރިއާ އަކާއި ކެފޭ އަކާއި މީޓިން ރޫމަކާއި ސެމިނާ ހޯލަކާއި ޕާކިން އޭރިއާއެއް ހިމެނޭނެެއެވެ.

މި އިމާރާތުގައި ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މި ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.