މި ސަރަހައްދުގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވް އެވޯޑު މުޣުނީއަށް
އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ، މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިއްޖެއެވެ. މިއީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގުރޫޕުން އިންތިޒާމްކޮށްގެން ދޭ “އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021″ގައި ދޭ އެވޯޑެކެވެ. މި އެވޯޑު ދިވެއްސަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގާއި އޭޝިއާ...