ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވާރޭވެހިފައި އޮއްވާ އޭނާ ސައިކަލުގެ ކުރީ ބުރެކި ޖެއްސުމުން ކަމަށެވެ. އަދި އެ ވަގުތު އެކްސިޑެންޓް ހިނގިތާ ކައިރީގައި އެމްޓީސީސީ ބަހެއް އޮތް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދެއްކީ އޯގާތެރިކަމުގެ ނަމޫނާ މިސާލެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެކްސިޑެންޓުވެ އޭނާގެ އަންހެނުންގެ ބޯފަޅައިގެން ގޮސް، އޭނާއަށްވެސް އަނިޔާވި ކަމަށެވެ. އެވަގުތު އެމްޓީސީސީ ބަހުގައި ތިބި މުވައްޒަފުން ފަސްޓްއެއިޑް ކިޓު ހިފައިގެން އައިސް އެހީވި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީވެސް އެ ކުންފުނީގެ ވޭނެއް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
“ބަހުގެ ޑްރައިވަރާއި، ކޮންޑަކްޓަރު އަދި އެވަގުތު ބަހުގައިތިބި ހުރިހާ މުވައްޒަފުން ބަހުގެ ފަސްޓްއެއިޑް ބޮކްސްއާއެކު ވަގުތުން އަޅުގަނޑުމެންނަށް އެހީތެރިވި. ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީވެސް ހަމަ އެކުންފުނީގެ ވޭނެއްގައި . އަދި ހޮސްޕިޓަލުން ދޫކުރުމާއިހަމަޔަށް އިތުރު މުވައްޒަފުންވެސް އައިސް އަޅުގަނޑުމެންގެ ހާލު ބަލައި، އެހީތެރިކަމެއް ބޭނުންތޯ ބެއްލެވި. ކުންފުނީގެ ޖެނެރަލް މެނޭޖަރ އާއި އެޗްއޯޑީއަކާއި ސުޕަރވައިޒަރ ލެވެލްގެ ބޭފުޅަކުވެސް ހޮސްޕިޓަލުގައި މަޑުކުރެއްވި . ފެނިގެންދިޔައީ އެމްޓީސީސީގެ މުވައްޒަފުންގެ އޯގާތެރިކަމާއި ކުލުނު،” އަނިޔާ ލިބުނު މީހާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
އޭނާ ވަނީ އެމްޓީސީސީ މުވައްޒަފުން ވެދެއްވި އެހީއަށާއި ދެއްކެވި ކުލުނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
@MTCCPlc ge heevaagi muahzifun thiya dhehkevi oagaatheri kamaai loahbai takaa hurihaa muahzifunnah shukuru dhannanvan.Thiya gothuga thaa abadhu dhemithibumah edhen. Muaz ge fhekabalunge haalu ragalhukamah ummeedhu kuran. Muaz ge dhekabalunlan heyo sihhatheh minvaru kurahvaashi. https://t.co/2TC5PXLmQr
— Adam Azim (@adamazim) November 13, 2021
މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަައްވައިފައެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިތިބުމަށް އޭނާ އެދިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!