މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ނެރެފި
މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ. އަންނަ ރޯދަ މަހާ ގުޅުވައިގެން ނެރުނު މި މަސްދަޅުތައް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއއޔާތުގައު އެ މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ. މިފްކޯއިން މިއަދު ބާޒާރަށް ނެރުނީ “ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި” މަސް ދަޅާއި “ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި” މަސް […]