ރިސޯޓް ހަދަން ހުޅުވާލި ރަށްތަކަށް ބޮޑެތި އަގުތަކެއް، ހދ އަދި ށ ރަށްތަކަށް ޝައުގެއް ނެތް
ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ރިސޯޓުތައް ހަދަން މި ރަށްތައް އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިމަހުގެ 22 އާއި 23 ގައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަށް ވުރެ އެވްރެޖުކޮށް 250 އިންސައްތަ ބޮޑު […]