ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކަށް މިއަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މިއަހަރުގެ ޝައުބާން މަސް ފެށީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އެހެންވެ ރޯދަޔަށް ހަނދު ބަލާނީ މި މަހުގެ 29 ގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މުސްލިމް ގައުމުތަކުން ރޯދަ މަހުގެ ހަނދު ސާބިތު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު އިންސާނާގެ ލޮލަށް ހަނދު ނުފެންނާނެއެވެ.
ހަނދު ސާބިތު ކުރާނީ ޓެލެސްކޯޕުގެ އެހީގައެވެ. ހަނދު ފެންނާނެ ކަމަށް ބަލަނީ ވެސް އެފްރިކާ ހިސާބުންނެވެ.
ދިވެހި ކަލަންޑަރުގައި ވެސް މިއަހަރުގެ ރޯދަ މަސް ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!