މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ހިދުމަތް މެދުކެނޑޭނީ މިރޭ 11:00 އިން ފަތިހު 4:00 އާ ދެމެދުގައި ކަމަށެވެ.

Ad
rt

ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭގެ މެއިން ވޯޓާ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރާށެވެ.

ފެނުގެ ހިދުމަތް މެދުކަނޑާލުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.