ދުނިޔެ (އާރތު) ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި އިތުރު 5،000 އެއްހާ ޕްލެނެޓްތައް ވާކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީން ޔަގީންކޮށްފިއެވެ.
އެ އިދާރާގެ ހޯދުންތަކުން އެ ޕްލެނެޓްތަކުގެ ތެރޭގައި ދުނިޔެއާ އެއްވަރުގެ ޕްލެނެޓްތަކާއި ޖުޕިޓާއަށްވުރެ ބޮޑު ގޭސް ޕްލެނެޓްތައް ވަނީ ފެނިފައެވެ. ނަމަވެސް އެ ޕްލެނެޓްތަކާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނެތެވެ.
މިހާތަނަށް ޔަގީންކޮށްފައިވާ ޕްލެނެޓްތަކުގެ ތެރެއިން 30 އިންސައްތަ ޕްލެނެޓަކީ ގޭސް ޖަޔަންސްޓްއެވެ. އަދި 31 އިންސައްތަ ސުޕަ އާތުސް ގޮތުގައި ބެލެވޭއިރު 35 އިންސައްތަ ޕްލެޓް ނެޕްޓިއުންއާ އެއްގޮތެވެ.
މީގެ އިތުރުން ހަތަރު އިންސައްތަ ޕްލެނެޓަކީ ހިކިފަސް، ހިލަ ހުންނަ އަދި ދުނިޔެ ނުވަތަ މާސްއާ އެއްގޮތް ކަންތައްތަކެއް ހުންނަ ޕްލެނެޓްތަކެކެވެ.
"އެއީ ހަމައެކަނި ނަންބަރެއް ނޫން، އެއީ މުޅިން އާ ދުނިޔެތަކެއް. އަދި އެ ދުނިޔެތަކާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ނޭނގޭތީ އަހަރެން ވަރަށް ޝައުގުވެރިވޭ."
ނާސާގެ އެކްސޯޕްލެނެޓް އާކައިވްގެ ސައިންސް ލީޑް ޖެސީ ކްރިސްޓީނާސެން ބުނެފައިވެއެވެ.
ޓެކްނޮލޮޖީ ކުރިއަރައިގެންދާތީ ސައިންސްވެރިންނަށް ވަނީ ޕްލެނެޓްތައް ހޯދަން ފަސޭހަވެފައެވެ.
މި ހޯދުންތައް ސައިންސްވެރިންނަށް ހޯދިފައިވަނީ ދުނިޔޭން ބޭރުގެ ދިރުންތައް ވޭތޯ ބެލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ސައިންސްވެރިން އަންނަނީ ދުނިޔެއާ އެއްފަދަ ޕްލެނެޓްތައް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!