މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ.

އަންނަ ރޯދަ މަހާ ގުޅުވައިގެން ނެރުނު މި މަސްދަޅުތައް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއއޔާތުގައު އެ މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ.

Ad
rt

މިފްކޯއިން މިއަދު ބާޒާރަށް ނެރުނީ “ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި” މަސް ދަޅާއި “ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި” މަސް ދަޅެވެ.

މީގެ ތެރެއިން ލުނބޮޔާ މިރުހާއެކު ތައާރަފު ކުރި މަސްދަޅަކީ މިފްކޯގެ ހޮޓްޕެކުގެ ދަށުން ތައާރަފު ކުރި ޕްރޮޑަކްޓެކެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ އެ ދެ ބާވަތަކީ ވެސް މާކެޓު ދިރާސާތަކާއި ލެބް ޓެސްޓުތަކަށް ތައާރަފު ކުރި ޕްރޮޑަކްޓުތަކެއް ކަމަށެވެ. އަދިވެސް އިތުރު ބާވަތްތައް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ދަޅު މަހުގެ ބާވަތްތަކަކީ އާއްމުންގެ މެދުގައި މަގުބޫލު ބާވަތްތަކެއް. ހާއްސަކޮށް ހޮޓްޕެކް،” އިސްމާއިލް ވިދާޅުވިއެވެ.

އާ މަސް ދަޅުތައް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯއިން ވަނީ ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް މަސް ދަޅުގެ ރަހަ ދައްކާލާފައެވެ.

މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރަތަކުން މި ދެ ބާވަތުގެ މަސް ދަޅު ލިބެން ހުންނާނެއެވެ.