ސްޓޭޓް ޓްރޭޑިން އޮގަނަައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސްގައި، ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް ހުޅުވައިފިއެވެ.
ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު އާއި އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާއެވެ.
މިއީ ނޯޓް ކޮސްމެޓިކްސް އިން ރާއްޖޭގައި ހުޅުވި ދެވަނަ މޮނޯ އައުޓްލެޓެވެ. އެ އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި ވެސް ރޭ ވަނީ އެސްޓީއޯ އާ ހަވާލުކޮށްފައެވެ. ނޯޓު ކޮސްމެޓިކްސްގެ ފަރާތުން ތަޅުދަނޑި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ރީޖަނަލް ޑިރެކްޓަރު ސުހާންއެވެ. އެސްޓީއޯގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ އަމްރުއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ ރާއްޖޭގައި މުޅިން އާ ކޮންސެޕްޓެއްގެ ދަށުން، ހުޅުވާފައި ފިހާރައެކެވެ. އެ ތަނުން ގިނަ އަދަދެއްގެ ސާމާނު މިހާރު ލިބެން ހުރެއެވެ. މީގެ ތެރޭގައި އަމިއްލަ ވިޔަފާރިތައް ހިމެނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް މާޓްގައި ދެން ޚިދުމަތް ދޭ ވިޔަފާރިތައް:
* ސިޓީ ބޭކަރީ
* ޕޮއިސް
* މެކްސްކޮމް ޓެކްނޮލޮޖީސް
* ދަ މެރަތަން ޝޮޕް
* އަސްރަފީ ބުކްޝޮޕް
* ޕީކަބޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!