ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމްގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

Ad
rt

އެ މަނިކުފާނުގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިން މިނިސްޓްރީއާއި، ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަޝްރޫއުގެ ދަށުން މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ތާރުއެޅުމާއި، 27،450 އަކަ މީޓަރުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އަދި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ފެން ހިންދާ ނިޒާމެއް ގާއިމް އިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 271.3 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.