ލ. ގަމުގެ ގޮނޑުދޮށް ހިމާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.
ގަމުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 30 މީޓަރުގެ ރިވެޓްމަންޓް ޖަހައި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެއެވެ.
އެމްޓީސީސީން އެ މަސައްކަތާ ހަވާލުވީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ 11.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!