އައިޓީބީގެ ޑިޖިޓަލް ބިޒްނަސް ޑޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

އައިޓީބީ ބާލިން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ޓްރޭޑް ޝޯއެވެ. މި އަހަރުގެ އައިޓީބީ ވާޗުއަލް އިވެންޓުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ފަސޭހަ ނެޓްވޯކިން ޓޫލްތަކާއި، އޯޑިއޯ މެސެޖިން ޓޫލްތައް މެދުވެރިކޮށެވެ.

Ad
rt

އެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޥޝަވަރާ ކޮށްފައެވެ.

އެ ހަރަކާތުގެ ބައިވެރިންނަށް ވަނީ ސްޕީޑް ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދީފައެވެ. މިއީ ބައިވެރިވާ ފަރާތްތަކުގެ ޕްރޮފައިލް އަދި ބިޒްނަސް އިންޓްރެސްޓްއަށް ބަލާ، އެންމެ ބޭނުންތެރިވާނެ ފަދަ ފަރާތްތަކާއި ބައްދުލުވުންތައް އޮޓަމެޓިކުން އިންތިޒާމްކޮށްދީފައިވާ ސެޝަންތަކެކެވެ.

އެެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ޖަރުމަނު ވިލާތް، އަދި ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެ އަކީ ފަތުރުވެރިންނަށް ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކަމަށް އެއިދާރާއިން ބުންޏެވެ.

މި ހަރަކާތުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ގައިޑްލައިންތަކާއި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.