މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ނޮޅިވަރަމުން ފަލަސްތީނު ފަންޑަށް 2،00000 އަށްވުރެ ގިނަ ރުފިޔާ
Thiladhunmathi News

ނޮޅިވަރަމުން ފަލަސްތީނު ފަންޑަށް 2،00000 އަށްވުރެ ގިނަ ރުފިޔާ

އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ދެ ލައްކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. އެ ރަށު މުއައްސަސާތަކާއި ޖަމިއްޔާތަކާއި ޑަބްލިއުޑީސީ ގުޅިގެން އެ ރަށު ހުރިހާ އެންމެން ޝާމިލުވުމާއި ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަނީ ފަލަސްތީނު ފަންޑަށް، 247626.50 (ދެލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ ސައްބ...

ތިލަދެކުނު ވޮލީ: ފައިނަލުގައި ކްލަބް ކޮރަލްސް ބަލިކޮށް ފިރިހެން ބައިގެ ޗެމްޕިއަންކަން ހަނިމާދޫއަށް
Thiladhunmathi News

ތިލަދެކުނު ވޮލީ: ފައިނަލުގައި ކްލަބް ކޮރަލްސް ބަލިކޮށް ފިރިހެން ބައިގެ ޗެމްޕިއަންކަން ހަނިމާދޫއަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް ހަނިމާދޫއިން ހޯދައިފިއެވެ. ރޭ ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ޓީމް ހަނިމާދޫއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫއިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/14، 24/26، 25/20، 25/18) އިންނެވެ. ފައިނަލް މެޗުގެ މޮޅު […]

ތިލަދެކުނު ވޮލީ މުބާރާތް ވިދިވިދިގެން ތިންވަނަ ފަހަށް ނޮޅިވަރަންފަރު ލައިކަން ކާމިޔާބުކޮށްފި
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް ވިދިވިދިގެން ތިންވަނަ ފަހަށް ނޮޅިވަރަންފަރު ލައިކަން ކާމިޔާބުކޮށްފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މިއީ މި މުބާރާތް ލައިކަން އިން ވިދިވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމް ވަނީ (2023 ،2022، 2021) މި ތިން އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗު އިއްޔެ ހަވީރު ވައިކަރަދޫގައި ކުޅެފައިވާއިރު، ފައިނަލުގައި ލައިކަންއާއި ވާދަކުރީ ޓީމް ހަނިމާދޫއެވެ. ލައިކަން އިން ވަނީ ތިން ސެޓް އެއް […]

ގްރީންހައުސްގައި ގަސް އިންދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ނަރުދޫގައި ފެށިގެން ކުރިއަށް
Thiladhunmathi News

ގްރީންހައުސްގައި ގަސް އިންދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ނަރުދޫގައި ފެށިގެން ކުރިއަށް

ށ.އަތޮޅު ނަރުދޫގައި ގްރީންހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިގެން ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓެކެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނަރުދޫ ކައު...

ގާސިއާ ވަކިކޮށް ނަޕޯލީގެ ކޯޗުކަން މަޒާރީއަށް
Sports

ގާސިއާ ވަކިކޮށް ނަޕޯލީގެ ކޯޗުކަން މަޒާރީއަށް

ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރި ރުޑި ގާސިއާ އެ މަގާމުން ވަކިކޮށް އައު ކޯޗަކަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފިއެވެ. ނިމިދިޔަ ސީޒަންގައި ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރީ ލޫސިއާނޯ ސްޕަލެޓީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސީޒަން ނިމުމާއިއެކު ސްޕަލެޓީ ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާ ވަކިވުމުން ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސީ މިދިޔަ ޖޫން މަހުއެވެ. ގާސިއާގެ އިރުޝާދުގެ […]

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޭމްޕަކީ އެ ރަށު ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު […]

ލެވަންޑޯސްކީގެ ލަނޑުތަކުން ބާސާއަށް މުހިންމު މޮޅެއް
Sports

ލެވަންޑޯސްކީގެ ލަނޑުތަކުން ބާސާއަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ އަލަވޭސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި (2-1) ލަނޑު ޖަހައިގެންނެވެ. އަލަވޭސް އިން ވަނީ މެޗު ފެށިތާ 18 ސިކުންތުތެރޭ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހާވީ ލޮޕޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އޮމޮރޮޑިއޮންއެވެ. މިއީ މި ގަރުނުގައި ވެސް ލީގު މެޗެއްގައި ބާސާ ދަނޑުގައި […]

ތިލަދެކުނު ވޮލީ: ފިރިހެން ބައިގެ ފައިނަލުގެ ފަހުޖާގަ ކްލަބް ކޮރަލްސް އަށް
Thiladhunmathi News

ތިލަދެކުނު ވޮލީ: ފިރިހެން ބައިގެ ފައިނަލުގެ ފަހުޖާގަ ކްލަބް ކޮރަލްސް އަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ފައިނަލުގެ ފަހު ޖާގަ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އާއި ޓީމް ނައިވާދޫއެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބު ކުރީ ކޮރަލްސް އިންނެވެ. މެޗުގެ ސެޓްތައް […]

ތިލަދެކުނު ވޮލީ: ސެމީގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް
Thiladhunmathi News

ތިލަދެކުނު ވޮލީ: ސެމީގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ބަލިކޮށް ފައިނަލުން ޓީމް ހަނިމާދޫ ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗު ހަނިމާދޫއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ހަނިމާދޫ ސެޓްތައް ގެންދިޔައީ (25/21، 25/17، 27/25) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރ 4، […]

ވިނީއާއި ރޮޑްރިގޯގެ ލަނޑުތަކުން ރެއާލުން ފަސޭހަކަމާއިއެކު ވެލެންސިއާ ބަލިކޮށްފި
Sports

ވިނީއާއި ރޮޑްރިގޯގެ ލަނޑުތަކުން ރެއާލުން ފަސޭހަކަމާއިއެކު ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 5-1 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެނީ ކަރަވަހާލްއެވެ. ރެއާލުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމް ކޮނޑަށް ލިބިފައިވާ […]

ތިލަދެކުނު ވޮލީ: އަންހެން ސެމީގައި ހަނިމާދޫއާއި ނޭކުރެންދޫ، ފިރިހެން ސެމީގައި ނައިވާދޫއާއި ކްލަބް ކޮރަލްސް
Thiladhunmathi News

ތިލަދެކުނު ވޮލީ: އަންހެން ސެމީގައި ހަނިމާދޫއާއި ނޭކުރެންދޫ، ފިރިހެން ސެމީގައި ނައިވާދޫއާއި ކްލަބް ކޮރަލްސް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއު ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ވާދަކުރާއިރު، ފިރިހެން ބައިގެ ސެމީގައި ޓީމް ނައިވާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަނެ ޖެހިއްޖެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން މިހާރު ނިމިފައިވާއިރު، އަންހެން ބައިގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ނޮޅިވަރަންފަރު ލައިކަންއެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނ...

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވަށަފަރަށް
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވަށަފަރަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ. މާރަންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ވަށަފަރާއި އުތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވަށަ...

ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި
Sports

ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި

ހަތިޔާރު އެޅި ގްރޫޕަކުން ހައްޔަރުކުރި ލިވަޕޫލްގެ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ. ޑިއާޒްގެ ބައްޕަ ރަހީނު ކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ “ނެޝަނަލް ލިބަރޭޝަން އާމީ” (އީއެލްއެން) އެވެ. ކޮލަމްބިއާގައި ޑިއާޒްގެ ބައްޕައާއި މަންމަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. ރަހީނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުން މަންމަ...

ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ލައިކަން އަށް
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ލައިކަން އަށް

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މި މުބާރާތް ރާވާލާފައި އޮތީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އިއްޔެ ހަވީރު ހަނިމާދޫއާއި ލައިކަން ބައްދަލުކުރި މެޗު ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް، ގްރޫޕް […]

އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް
Thiladhunmathi News

އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް

ހއ. އިހަވަންދޫ ސްކޫލުގައި ހުއްޓެމެއްނެތި އަދަބީ ހަރަކާތްތަކާއި މުބާރަތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ ރިހި ޚިދުމަތުގެ ރިހި ފަންސަވީހުގެ ހަރަކާތްތައް ބޮޑު ތަރުހީބަކާއިއެކު ކުރިއަށް ގެންގޮސްފިއެވެ. ރިހި ފަންސަވީހުގެ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެ ސްކޫލުގެ ތާރީޚުގައި އެއްމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތެވެ. ފަންސަވީސް ވަނަ ދިވެހި އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކ...