ގާސިއާ ވަކިކޮށް ނަޕޯލީގެ ކޯޗުކަން މަޒާރީއަށް

IMG_2441

ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރި ރުޑި ގާސިއާ އެ މަގާމުން ވަކިކޮށް އައު ކޯޗަކަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފިއެވެ.

ނިމިދިޔަ ސީޒަންގައި ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރީ ލޫސިއާނޯ ސްޕަލެޓީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސީޒަން ނިމުމާއިއެކު ސްޕަލެޓީ ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާ ވަކިވުމުން ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސީ މިދިޔަ ޖޫން މަހުއެވެ.

ގާސިއާގެ އިރުޝާދުގެ ދަށުން ނަޕޯލީން މި ސީޒަންގައި 16 މެޗު ކުޅުނުއިރު އޭގެތެރެއިން މޮޅުވީ އަށް މެޗުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިވަގުތު ނަޕޯލީ އޮތީ ލީގު ތާވަލުގެ ހަތަރުވަނާގައެވެ. އެއްވަނާގައި އޮތް އިންޓަ މިލާނާއި ނަޕޯލީއާއި ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ގާސިއާ އެ މަގާމުން ވަކިކޮށް މަޒާރީ ހަމަޖައްސާފައި މިވަނީ މި ސީޒަންގެ ނިޔަލަށެވެ.

މަޒާރީ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ނަޕޯލީއަށް ކޯޗުކޮށްދީފައެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ ނަޕޯލީއާއިއެކު 2012 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބު ކުރުމެވެ. މަޒާރީ ވަނީ 2016/17 ސީޒަންގައި ޕްރިމިއާ ލީގުގެ ވޯޓްފޯޑަށް ވެސް އިރުޝާދު ދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *