ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއު ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ވާދަކުރާއިރު، ފިރިހެން ބައިގެ ސެމީގައި ޓީމް ނައިވާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަނެ ޖެހިއްޖެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން މިހާރު ނިމިފައިވާއިރު، އަންހެން ބައިގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ނޮޅިވަރަންފަރު ލައިކަންއެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ސެމީ ފައިނަލް މެޗެއް ކުޅޭއިރު، ހަނިމާދޫއިން ތާވަލުގެ ދެވަނަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއުން ތިން މެޗު ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއި އެކުގައެވެ. ތިންވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދި ނޭކުރެންދޫއިން ވަނީ ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ.

Ad
rt

މުބާރާތުގެ ފިރިހެންބައިގެ ފައިނަލުން ޓީމް ހަނިމާދޫ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ހޯދި އަށް ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ސެމީ ފައިނަލް މެޗެއް ކުޅޭއިރު، ނައިވާދޫއިން ތާވަލުގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއުން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ތިންވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދި ކްލަބް ކޮރަލްސް ވަނީ ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދާފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. ހަނިމާދޫއާއި ނޭކުރެންދޫ ބައްދަލުކުރާ އަންހެން ބައިގެ ސެމީ މެޗު އޮންނާނީ މާދަމާ ހަވީރުއެވެ. ނައިވާދޫއާއި ކޮރަލްސް ބައްދަލުކުރާ ފިރިހެން ބައިގެ ސެމީ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.