ހއ. އިހަވަންދޫ ސްކޫލުގައި ހުއްޓެމެއްނެތި އަދަބީ ހަރަކާތްތަކާއި މުބާރަތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ ރިހި ޚިދުމަތުގެ ރިހި ފަންސަވީހުގެ ހަރަކާތްތައް ބޮޑު ތަރުހީބަކާއިއެކު ކުރިއަށް ގެންގޮސްފިއެވެ.
ރިހި ފަންސަވީހުގެ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެ ސްކޫލުގެ ތާރީޚުގައި އެއްމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތެވެ.
ފަންސަވީސް ވަނަ ދިވެހި އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ތެރޭގައި ބަނދިމާފާނު، ތަރާނާ، ރިހި މުތް، ޅެންތޫރަ، ރިހިސަމާ، ވާދަ ރައިވަރު، ސުރުޚީ ޚަބަރު، ފިނި ޒުވާބު، މުނިއުފާ، އާޝޯޚް ހިމެނެއެވެ.
އިހަވަންދޫ ސްކޫލްގެ ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ ސްކޫލް
މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ގުރޫޕް މުބާރާތްތަކުގެ ތެރެއިން އެއްމެ ގިނަ ދަރިވަރިން ޝައުގުވެރިވި ހަރާކާތެއްގެ ގޮތުގައި ފަހަގަވެގެން ދިޔައީ ތަރާނާއެވެ. މިއީ ގްރޫޕް ލަވަ ހުށައެޅުމުގެ މުބާރާތެކެވެ.
އިހަވަންދޫ ސްކޫލްގެ ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ ސްކޫލް
އެ ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ކުރިއަށް ގެންދިޔަ ތަރާނާ ލަވަކިޔުމުގެ މުބާރާތުން އެއްމެ ފާހަގަކޮށްލެވޭ ލަވައަކީ ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ ކުރެވިގެން ހުށައަޅައިދިން ހުށައެޅުމެވެ. މި ހުށައެޅުމުގައި ދައްކުވައިދީފައި ވަނީ އިހުގައި މަސްވެރިކަންކޮށް އުޅުނު ގޮތާއި، މަސްވެރިކަމުން އުފައްދާ ތަކެއްޗާއި، ކެއުމުގައި އެތަކެތި ބޭނުންކުރިގޮތާއި، ދިވެހިންނަށް މަސްވެރިކަމުން ލިބޭ ކުރިއެރުމާއި، އިގްތިސާދާއި ދިވެހިންގެ ދިރިއުޅުމަށް މަސްވެރިކަމުން އައިސްފައިވާ ތަނަވަސްކަމެވެ.
އިހަވަންދޫ ސްކޫލްގެ ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ ސްކޫލް
ފަންސަވީސް ވަނަ އަދަބީ ފޯވަހީގައި ދަރިވަރުން ހުށަހަޅައިދން އައިޓަމްތަކާއި، ވަކިވަކި ދަރިވަރުން ހުށައަޅައިދިން ހުށައެޅުންތަކަކީ ތަފާތު ދަރިވަރުންގެ ކިބައިން ތަފާތު ހުނަރުތައް ފެނިގެންދިޔަ ހަރަކާތެއްގެ ގޮތުގައި ސްކޫލު ބެލެނިވެރިންނާއި، ދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ.
އިހަވަންދޫ ސްކޫލްގެ ދިވެހި އަދަބީ ފޯވަހީގެ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: އިހަވަންދޫ ސްކޫލް
މި ހަރަކާތްތަކުގެ ތެރެއިން އެއްމެ ގިނަދަރިވަރުންނާއި ބެލެނިވެރިންގެ ތަރުހީބުލިބުނު ހަރަކާތްތަކުގެ ތެރޭގައި މުނިއުފާ (ތަމްސީލް ކުޅުމުގެ މުބާރާތް) ފާހަގަ ކޮށްލެވެއެވެ. ފަންސަވީސް ވަނަ އަދަބީ ފޯވަހީގައި އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ އަދަބީ ފީވައްސެވެ. އަދަބީ ފޯވަހީގެ ސަބަބުން ދަރިވަރިންގެ ހިތްތަކުގައި ދިވެހި ބަހާއި ދިވެހި އަދަބީއްޔާތަށް އޮތް ލޯބިއުފެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!