ލެވަންޑޯސްކީގެ ލަނޑުތަކުން ބާސާއަށް މުހިންމު މޮޅެއް

IMG_2396

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ އަލަވޭސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި (2-1) ލަނޑު ޖަހައިގެންނެވެ.

އަލަވޭސް އިން ވަނީ މެޗު ފެށިތާ 18 ސިކުންތުތެރޭ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހާވީ ލޮޕޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އޮމޮރޮޑިއޮންއެވެ. މިއީ މި ގަރުނުގައި ވެސް ލީގު މެޗެއްގައި ބާސާ ދަނޑުގައި އެ ޓީމް ކޮޅަށް ވަދެފައިވާ އެނެމެ އަވަސް ލަނޑެވެ. ލީޑު ފުޅާކުރަން ފުރަތަމަ ހާފުގައި އޮމޮރޮޑިއޮން އަށް ވަނީ މުޅިން ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

މެޗުގައި ބާސާއިން ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. އެ ލަނޑު 53 ވަނަ މިނެޓުގައި ކޫންޑޭ ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. މެޗުން ބާސާ މޮޅުކޮށްދިން ލަނޑު 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ ވެސް ލެވަންޑޯސްކީއެވެ. މިއީ އޭނާ ލީގުގައި މި ސީޒަންގައި ބާސާއަށް ޖަހައިދިން ހަތްވަނަ ލަނޑެވެ.

މި މޮޅާއިއެކު ވެސް ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 12 މެޗުން ވަނީ 28 ޕޮއިންޓް ލިބިފައެވެ. މެޗު ހަމަވާއިރު ތާވަލުގެ ތިންވަނަ ބާސާއަށް ގެއްލުމުގެ ބިރު އެބައޮތެވެ. ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި ޖިރޯނާ އޮތީ 13 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *