ނޮޅިވަރަމުން ފަލަސްތީނު ފަންޑަށް 2،00000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ނޮޅިވަރަމް ކުޑޭ، ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދަން އަނބު ވިއްކަަން ހިނގަނީ، ފަލަސްތީނަށް އެހީވުމަށް އެރަށު ރައްޔިތުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި، ފޮޓޯ: ނޮޅިވަރަމް ކައުންސިލް
ނޮޅިވަރަމް ކުޑޭ، ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދަން އަނބު ވިއްކަަން ހިނގަނީ، ފަލަސްތީނަށް އެހީވުމަށް އެރަށު ރައްޔިތުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި، ފޮޓޯ: ނޮޅިވަރަމް ކައުންސިލް

އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ދެ ލައްކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

އެ ރަށު މުއައްސަސާތަކާއި ޖަމިއްޔާތަކާއި ޑަބްލިއުޑީސީ ގުޅިގެން އެ ރަށު ހުރިހާ އެންމެން ޝާމިލުވުމާއި ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަނީ ފަލަސްތީނު ފަންޑަށް، 247626.50 (ދެލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ ސައްބީސް ރުފިޔާ ފަންސާސްލާރި) ހޯދާފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެމެން ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑީނޭޓަރ މުހައްމަދު މުސްތަފާ ބުނީ ފަލަސްތީނު ފަންޑަށް އެހީހޯދުމުގެ ހަރަކާތް އެ ރަށުގައި ފެށީ ފާއިތުވި އޮކްޓޯބަރ މަހުގެ މެދުތެރޭގައި ކަމަށާއި ފުރަތަމަ ރަށުގައި ބެހެއްޓީ ފަންޑު ފޮށިތަކެއް ކަމަށެވެ. ތިން ހަފްތާއެއްހާ ދުވަހު ފަންޑް ފޮށިތައް ބަހައްޓައިގެން ފައިސާ އެއްކުރެވުނު ކަމަށެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުގައި އެ ރަށުގެ ހުރިހާ އެންމެން ގުޅިގެން ކާބޯތަކެތި ވިއްކުމުގެ ހަރަކާތެއް މި މަހުގެ ތިންވަނަ ދުވަހު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިންވަނަ ހަރަކާތެއްގެ ގޮތުގައި ރަށުގެ އެންމެން ގުޅިގެން ވަނީ މަސައްކަތް ދުވަހެއް ފާހަގަކޮށް ފައިސާ އެއްކޮށްފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މުސްތަފާ އިތުރަށް ބުނީ މިއީ ނޮޅިވަރަމުގައި މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު ފަންޑްރައިޒިން އިވެންޓް ކަމަށާއި، މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް ކައުންސިލް ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މި ހަރަކާތްތަކުން ލިބުނު ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއާއި ހަވާލުކޮށްފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އަންނަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި