ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ ފިރިހެން ބައިގެ ފައިނަލުގެ ފަހު ޖާގަ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އާއި ޓީމް ނައިވާދޫއެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބު ކުރީ ކޮރަލްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (24/26، 25/22، 25/23، 23/25، 15/13) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކްލަބް ކޮރަލްސްގެ ޖޯޒީ ނަމްބަރ 11، އަހްމަދު މުހައްމަދެވެ.

Ad
rt

އަންނަ އަންގާރަ ދުވަހު ރޭ ކުޅޭ ފިރިހެން ބައިގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އެވެ. މި ދެ ޓީމް ވަނީ މުބާރާތުގެ ގްރޫޕް ބުރުގައި ވެސް ބައްދަލު ކޮށްފައެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ހަނިމާދޫއިންނެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭއިރު، ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.