ތިލަދެކުނު ވޮލީ މުބާރާތް ވިދިވިދިގެން ތިންވަނަ ފަހަށް ނޮޅިވަރަންފަރު ލައިކަން ކާމިޔާބުކޮށްފި

ޗެމްޕިއަން ލައިކަން ތަށި އުފުލާލަނީ،
ޗެމްޕިއަން ލައިކަން ތަށި އުފުލާލަނީ،

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ.

މިއީ މި މުބާރާތް ލައިކަން އިން ވިދިވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމް ވަނީ (2023 ،2022، 2021) މި ތިން އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗު އިއްޔެ ހަވީރު ވައިކަރަދޫގައި ކުޅެފައިވާއިރު، ފައިނަލުގައި ލައިކަންއާއި ވާދަކުރީ ޓީމް ހަނިމާދޫއެވެ. ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. ސެޓުތައް ގޮސްފައި ވަނީ (16/25، 25/16، 25/16، 25/15) އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރ 11، އައިމިނަތު ޖޫޒާން ޒަރީރު އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ޖޫޒާން

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

  • ހައްވާ ރާޝިދާ – ޓީމް ހަނިމާދޫ
  • އައިމިނަތު އަރީޝާ – ނޮޅިވަރަންފަރު ލައިކަން
  • ފާތިމަތު ޖޫޒާން ޒަރީރް – ނޮޅިވަރަންފަރު ލައިކަން
  • އައިޝަތު އުނައިޝާ – ނޭކުރެންދޫ ވިމެންސް ވޮލީޓީމް
  • މަލްދާ މަސްއޫދު – ޓީމް ހަނިމާދޫ
  • ހައްވާ ސަޚާ – ނޮޅިވަރަންފަރު ލައިކަން
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

އެންމެ މޮޅު ކޯޗަކަށް ލައިކަންގެ ކޯޗް، އަބްދުއްރަޝީދު މުހައްމަދު ހޮވުނުއިރު ފެއާޕްލޭ ޓީމަށް ހޮވުނީ ވައިކަރަދޫ ވިޔެސް އެވެ.

މި އަހަރުގެ މުބާރާތް އިންތިޒާމް ކޮށް ވައިކަރަދޫގައި ކުރިއަށް ގެންގޮސްފައި ވަނީ، ވައިކަރަދޫ ވިޔެސް ޖަމިއްޔާއިން އިސްނަގައިގެންނެވެ. މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ އީ-ޓުކުރިއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި