ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް ހަނިމާދޫއިން ހޯދައިފިއެވެ.

ރޭ ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ޓީމް ހަނިމާދޫއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫއިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/14، 24/26، 25/20، 25/18) އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރ 19، ޝަމާއިލް ހުސެއިން އެވެ.

Ad
rt
މެޗުގެ މޮޅު ކުޅުންތެރިޔާ ޝަމާއިލު

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

  • އިސްމާއިލް ސާޖިދު – ޓީމް ހަނިމާދޫ
  • އާދަމް ނަސީމް – ޓީމް ނައިވާދޫ
  • އާދަމް ފައިރޫޒް – ކްލަބް ކޮރަލްސް
  • އަލީ މައުރޫފް – ޓީމް ހަނިމާދޫ
  • އަލީ ޝައިމަލް – ޓީމް ނައިވާދޫ
  • ޝުއައިބު އަބްދުއްލަތީފް – ޓީމް ހަނިމާދޫ
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރޭ ހިމެނޭ ބައެއް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހަނިމާދޫ ޓީމްގެ ކޯޗް، މުހައްމަދު ނާސީރު ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަށް ހޮވިފައި ވަނީ ޓީމް ހަނިމާދޫއެވެ.

މި އަހަރުގެ މުބާރާތް އިންތިޒާމް ކޮށް ވައިކަރަދޫގައި ކުރިއަށް ގެންގޮސްފައި ވަނީ، ވައިކަރަދޫ ވިޔެސް ޖަމިއްޔާއިން އިސްނަގައިގެންނެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ އީ-ޓުކުރިއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ.