ނިއުކާސަލް ބަލިކޮށް ލިވަޕޫލުން ލީޑް ފުޅާކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިވަޕޫލަށް ލިބުނެވެ. ޑިއާޒްއަށް ނިއުކާސަލްގެ އޭރިއާތެރެއިން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ސަލާހް ފޮނުވާލިއިރު އެ ޕެނަލްޓީ ނިއުކާސަލްގެ […]