ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން "ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޑަބްލިއުއެސްސީން ހޯދައިފިއެވެ.
27 މެއި 2021 ވީ ބުރާސްފަތި ދުވަހު ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ. ވުމާއިއެކު ނަތީޖާނެރެން ޖެހި ޕެނަލްޓީގައި އެމްޑަބްލިއުއެސްސީ ޓީމުން ފެނަކަ މައްޗަށް ކުރި ހޯދާފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. އެމްޑަބްލިއުއެސްސީ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލު ނުވެއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޑަބްލިއުއެސްސީ ޓީމުގެ ޖޯޒީ ނަމްބަރު 13 މުޙައްމަދު އަލީއެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެމްޑަބްލިއުއެސްސީއެވެ. ރަނަރަޕް ޓީމަކީ ކުމުންދޫ ފެނަކަ ކޯޕަރޭޝަންއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކުމުންދޫ ސްކޫލް ޓީމެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް އިނާމެއްގެ ގޮތުން ބެސްޓް ބަޑީގެ ފަރާތުން ވަނީ ކޮންމެ ކުޅުންތެރިއަކަށް ބައިސްކަލެއް ހަދިޔާ ކޮށްފައެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ:
- ފަހްމާން އަބްދުލް ހަމީދް – އެމްޑަބްލިއުއެސްސީ
- ޝިނާން އިބްރާހީމް – ފެނަކަ
- އިބްރާހީމް އާދަމް – އެމްޑަބްލިއުއެސްސީ
- އިބްރާހީމް ރަމީޒް – ފެނަކަ
- މުޙައްމަދު އަލީ – އެމްޑަބްލިއުއެސްސީ
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މި މުބާރާޓުގެ ހުރިހާ ގޮތަކުން އެންމެ މޮޅު (ކިންގް އޮފް ދަ ޓޯނަމަންޓް) ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޑަބްލިއުއެސްސީ ޓީމުގެ ޖޯޒީ ނަމްބަރު 07 ފަހްމާން އަބްދުލް ހަމީދެވެ. މުބާރާތުގެ އެންމެ ޓޮޕް ސްކޯރާގެ މަޤާމަށް ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެ ދެ ކުޅުންތެރިންނަކީ ސްކޫލް ޓީމްގެ އަޙްމަދު ސިމާސް ޔޫސުފް އަދި އަބްދުﷲ ހަސަންއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފެންވަރުގައި ހިންގޭ އަދި ރަށު ފެންވަރުގައި ހިންގޭ ގިނަ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑައިރެކްޓް ލޮޖިސްޓިކްސް ސާވިސްއެވެ. މި މުބާރާތުގެ ކޯސްޕޮންސާރސް އަކީ ބެސްޓް ބަޑީ އަދި ފެނަކައެވެ. މި މުބާރާތުގެ ޑްރިންކިން ޕާޓްނަރަކަށް ލޮޓަސްފިހާރަ ހަމަޖައްސާފައިވާއިރު، އެމްޑބްލިއުއެސްސީއަކީ ވެސް މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މި މުބާރާތުގެ މީޑީއާ ޕާޓްރަނަކީ ތިލަދުން އޮންލައިން ނޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!