Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކޮޕާ އެމެރިކާ: ޗިލީ ބަލިކޮށް ބްރެޒިލް ސެމީއަށް
Sports

ކޮޕާ އެމެރިކާ: ޗިލީ ބަލިކޮށް ބްރެޒިލް ސެމީއަށް

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗިލީއާއި ބްރެޒިލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. މި މެޗުން ބްރެޒިލް މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ހުކުރު ދުވަހުގެ ރޭ ފަތިހު ކުޅުނު މި މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު […]

ޔޫރޯ 2020: ސެމީގައި ސްޕެއިންއާއި ވާދަ ކުރާނީ އިޓަލީ
Sports

ޔޫރޯ 2020: ސެމީގައި ސްޕެއިންއާއި ވާދަ ކުރާނީ އިޓަލީ

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކަޓުވާލުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުން އިޓަލީ މޮޅުވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސެމީގައި އިޓަލީ ވާދަކުރަން ޖެހޭނީ ކުއާޓާގައި ސްވިޒަލޭންޑް ބަލިކޮށް ސެމީގެ ޖާގަ ހޯދި ސްޕެއިންއާއެވެ. ޖަރުމަނުގެ ބަޔާން މިޔުނިކްގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ […]

ޔޫރޯ 2020: ސްވިޒަލޭންޑް ވަރަށް ހިތްވަރު ކުރި، އެކަމަކު ސްޕެއިން ސެމީއަށް
Sports

ޔޫރޯ 2020: ސްވިޒަލޭންޑް ވަރަށް ހިތްވަރު ކުރި، އެކަމަކު ސްޕެއިން ސެމީއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 3-1 ގެ ނަތީޖާއިން ސްވިޒަލޭންޑްގެ މައްޗަށް ކުރި […]

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެރަށު ސްކޫލު ލައިބްރަރީ އިތުރަށް ތަރައްޤީ ކުރަނީ
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެރަށު ސްކޫލު ލައިބްރަރީ އިތުރަށް ތަރައްޤީ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް” ގެ ދަށުން މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާއަށް ހޮވި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހަނިމާދޫ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫޢު ހިމެނިއްޖެއެވެ. ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގ...

ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް
Thiladhunmathi News

ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް

ހދ.ހަނިމާދޫއިން އިތުރު އަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 22 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލަކާއި، 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 37 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލެކެވެ. މި ދެ ދުވަހުން ޖުމްލަ އަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައިތިބި 47 […]

ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް
Sports

ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޔުކްރެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުކްރެއިން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ […]

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް
Sports

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގެލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ނޮކައުޓް ސްޓޭޖު މެޗަކުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވެފައި މި ވަނީ 55 އަހަރު ފަހުއެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި […]

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް
Sports

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސްވިޒަލޭން ބައްދަލުކުރި މެޗު ސްވިޒަލޭންޑުން ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ފުޓްބޯޅައިގައި ބަލާހިތްވާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ. މި މެޗު ސްވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި […]

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް
Sports

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި […]

ކޮޕާ އެމެރިކާ: ބްރެޒިލް އެއްވަރުވިއިރު ޕެރޫ މޮޅުވެއްޖެ
Sports

ކޮޕާ އެމެރިކާ: ބްރެޒިލް އެއްވަރުވިއިރު ޕެރޫ މޮޅުވެއްޖެ

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެނެޒުއޭލާ އަތުން ޕެރޫ މޮޅުވެއްޖެއެވެ. ބްރެޒިލް އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ކާމިޔާބު ކޮށްފައި ވީނަމަވެސް މި މެޗުން އެއްވަރު ވުމުން މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. އާދީއްތަ ދުވަހުގެ ރޭ ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން […]

ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް
Sports

ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކްރިޕަބްލިކް ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ބުޑަޕެސްޓް ޕުސްކަސް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސްގެ ޑަމްފްރައިސް އަދި މެންފިސް ޑިޕޭއަށް ލަނޑު ޖަހާނެ ފުރުޞަތު ލިބިގެން […]

ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް
Sports

ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރި ވާދަވެރި ފޯރިގަދަ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ އިގިރޭސި ވިލާތުގެ ޤައުމީ ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ […]

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓާއަށް
Sports

ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގައި ވޭލްސްއާއި ޑެންމާކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އެމްސްޓެޑަމްގެ ޖޯން ކުރައިފް އެރީނާގައި ކުޅުނު މި މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފުރަތަމަ ހާފުގެ ބޮޑުބައިގައި މޮޅަށް ކުޅެފައިވަނީ ޑެންމާކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް […]

މިސާލުބަސް (2): "އެދުރުބޭގެ ފަލިތަންޑު"
Column

މިސާލުބަސް (2): "އެދުރުބޭގެ ފަލިތަންޑު"

ފަލިތަންޑަކީ ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑިއަށް ކިޔާ ނަމެކެވެ. ބޮއްކުރާގައި ބޭނުންކުރާ ފަލިތަންޑުގެ އާންމު ދިގުމިނަކީ ހަތަރު ފޫޓު ނުވަތަ ފަސް ފޫޓޫގެ މިންވަރެވެ. ފަލިތަންޑު އާންމުކޮށް ހުންނަ ސިފައަށް ބަލައިލާއިރު އެ ހުންނަނީ ވަށްކޮށް އެއްކޮޅަށް ކުޑަކޮށް ހިމަވާގޮތަށް މަށާ ރީތިކޮށްފައެވެ. ކުދި އޮޑިތަކަށް ފަލިތަންޑު ހެދުމުގައި ބޭނުން ކުރެވޭ އެއް ބާވަތުގެ ލަކުޑިއަކީ ހިރުނދު ދަނޑިއެވެ. ހިރުނދަކީ ފަޅައިގެން ދިއުން ކުޑަ ލަކުޑިއެކެވެ. އެދުރުބެއަކީ ކުޑަކުޑަ ބޮއްކުރައެއް ގެންގުޅޭ މީހެކެވެ. އެދުރުބޭގެ...

ކޮޕާ އެމެރިކާ: އުރުގުއޭ ކުއާޓާއަށް
Sports

ކޮޕާ އެމެރިކާ: އުރުގުއޭ ކުއާޓާއަށް

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ އުރުގުއޭ އާއި ބޮލީވިއާ ބައްދަލުކުރި މެޗު އުރުގުއޭއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު އުރުގުއޭ ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އުރުގުއޭއިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ލުއިސް ސުއަރޭޒް އަދި ކަވާނީއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. މި […]