ދިއްދޫ މަސްވެރިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދަނީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން އެ ރަށަށް ގެނެސް، ބަނދަރު ދެކުނު ހުރަސްތޮށީގައި މިހާރު ބާއްވާފައިވާ ބޯޓުގެ ވެރިފަރާތެއް ވާނަމަ، 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން، އެ ކައުންސިލަށް އެންގުމަށެވެ. އެ ބޯޓުގެ ވެރިފަރާތް […]