ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން އެ ރަށަށް ގެނެސް، ބަނދަރު ދެކުނު ހުރަސްތޮށީގައި މިހާރު ބާއްވާފައިވާ ބޯޓުގެ ވެރިފަރާތެއް ވާނަމަ، 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން، އެ ކައުންސިލަށް އެންގުމަށެވެ.
އެ ބޯޓުގެ ވެރިފަރާތް ސާބިތު ކުރުމަށް ހުށައަޅާއިރު އެ ބޯޓަކީ އެ ފަރާތެއްގެ މިލްކުގައިވާ ބޯޓެއްކަން އެނގޭނެ ރަސްމީ ލިޔުންތައް ހުށައެޅުމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެ ބޯޓުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ، ނީލަމުގައި ބޯޓު ވިއްކާލުމަށް ހަމަޖެހިފައިވާ ކަމުގައި ވެސް އެ ކައުންސިލުން ވަނީ ބުނފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!