Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ވޮޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި
Sports

ވޮޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ވޮޓްފޯޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނޯ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ވޮޓްފޯޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ހެދުނު ގޯހެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ޔުނައިޓެޑްގެ އޭރިއާގެ ތެރެއިން އެ […]

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސް
Sports

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސް

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއިން ހޯދައިފިއެވެ. 19 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ސަންދިޔާއާއި ވާދަކޮށް ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް […]

ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފަށާފައި ވަނީ 20 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ކޯހުގައި ނޮޅިވަރަންފަރު ކަނބަލުންގެ ތެރެއިން 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް އިންސްޓްރަކްޓަރ ހަމަޖައްސައި ދެއްވައި އެފަރާތަށް ދޭންޖެހޭ އުޖޫރައާއި ކޯހަށް ބޭނުންވާ ބައެއް ތަކެތި ހަމަޖައްސަވައި...

ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި
Sports

ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި

ހއ.ބާރަށުގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ. ބާރަށު ސްކޫލާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް، 17 ނޮވެމްބަރ 2021 ވީ ބުދަ ދުވަހު ފަށާފައިވާއިރު މި ކޭމްޕްގައި ޖުމްލަ 78 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބާރަށު ސްކޫލްގެ 36 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރަށު ޒުވާނުންގް ތެރެއިން 42 ޒުވާނަކު ވެސް ވަނީ […]

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުގައި ސީއެސް ވިމެންސްއާއި ސަންދިޔާ
News

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުގައި ސީއެސް ވިމެންސްއާއި ސަންދިޔާ

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުން ޓީމް ސީއެސް ވިމެންސްއާއި ޓީމް ސަންދިޔާ ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމް ވާދަ ކޮށްފައިވާއިރު، މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. ލީގުބުރުގައި ކުޅުނު ހަތަރު މެޗު […]

މުހައްމަދު މޫސާ (މަނިކު) އަށް ކިޑްނީއެއް ވަނީ ލިބިފައި، ބޭނުންވަނީ މާލީ އެހީތެރިކަން
Thiladhunmathi News

މުހައްމަދު މޫސާ (މަނިކު) އަށް ކިޑްނީއެއް ވަނީ ލިބިފައި، ބޭނުންވަނީ މާލީ އެހީތެރިކަން

ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ، އެ ބަލިމަޑުކަން ތަހަންމަލް ކުރަން ޖެހިފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިންވެފައިވާއިރު، އެ ވަޒީފާއިން ލިބޭ އާމްދަނީން އަނބިދަރިންގެ ޚަރަދު ބަލަހައްޓައި އޭނާ އައީ ފުދުންތެރި ދިރިއުޅުމެއް އުޅެމުންނެވެ. ނަމަވެސް މީގެ ދޮޅު އަހަރެއްހާ […]

"ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު" އެންމެ ކުރީގައި ސީއެސް ވިމެންސް
Thiladhunmathi News

"ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު" އެންމެ ކުރީގައި ސީއެސް ވިމެންސް

ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގައި ކުޅުނު ތިންމެޗުން ވެސް ކާމިޔާބުކޮށް ޓީމް ސީއެސް ވިމެންސް ފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ. މި މުބާރާތުގައި ތިންވަނަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ޒީރު ސްޓާރސްއާއި ސީއެސް ވިމެންސްއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު […]

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި
Thiladhunmathi News

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މި މަހުގެ 11 ވަނަ ދުވަހަށް ތާވަލު ކުރެވިފައި ވީ ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން، މި މުބާރާތް ފަށާފައި ވަނީ 12 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގައި ރޭ ދެ […]

އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ލިޔުތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. “މުސައްނިފު” ގެ ނަމުގައި ކުރިއަށް ގެންދާ ލިޔުންތެރިކަން ދަސްކޮށްދޭ މި ޕްރޮގްރާމް ފަށާފައި ވަނީ 10 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. އިމަގު ޖަމްޢިއްޔާގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރްގޮރާމް ނިންމާލުމަށް ހަމަޖެހިފައި ވަނީ 13 ނޮވެމްބަރ 2021 ވާ ހޮނިހިރު […]

އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް
Sports

އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ އެސްޓަން ވިލާގެ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ މަޝްހޫރު މިޑްފީލްޑް ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ހަމަޖައްސައިފިއެވެ. އުމުރުން 41 އަހަރުގެ ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އެސްޓްންވިލާގެ ކޯޗުގެ މަޤާމުގައި ހުރި ޑީން ސްމިތު އެ މަޤާމުން ވަކިކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެ ޓީމް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެވެ. އެސްޓަން ވިލާއިން ޖެރާޑަށް […]

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ
Sports

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021”  11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ […]

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ
Thiladhunmathi News

މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...

ފިރިހެނަކު ބްލެކްމެއިލްކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
Raajje

ފިރިހެނަކު ބްލެކްމެއިލްކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިވެހި ފިރިހެނަކު ބަރަހަނާކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ މާލޭގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް އެ އިދާރާއަށް ރޭގެ މެންދަމު 03:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކ...

ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 09 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 18 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލަށް […]

އާސެނަލްގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑް ސްކޮޑަށް
Sports

އާސެނަލްގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑް ސްކޮޑަށް

އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ސީނިއާ ޓީމަށް ނަގައިފިއެވެ. އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑް މި މަހު ސަންމަރީނޯއާއި އަލްބޭނިއާއާއި ބައްދަލުކުރާ މެޗުތަކަށް ސްމިތް ރޯވް އިންގްލެންޑް ސްކޮޑަށް ނަގާފައި މި ވަނީ އޭނާ އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ. އާސެނަލްގެ ޔޫތު ޓީމުން ކެރިއަރު ފެށި ސްމިތު ރޯވް ވަނީ […]