ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ލިޔުތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

"މުސައްނިފު" ގެ ނަމުގައި ކުރިއަށް ގެންދާ ލިޔުންތެރިކަން ދަސްކޮށްދޭ މި ޕްރޮގްރާމް ފަށާފައި ވަނީ 10 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. އިމަގު ޖަމްޢިއްޔާގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރްގޮރާމް ނިންމާލުމަށް ހަމަޖެހިފައި ވަނީ 13 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ.

Ad
rt

އިމަގުގެ ޢިލްމީ ގޮތްޕާއި އެ ޖަމްޢިއްޔާގެ މަންސަފާ ޓީމުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެ ރަށު ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމު ހާސިލް ކުރަމުން އަންނަ 30 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ފަތުހުﷲ އަޙްމަދު ވިދާޅުވެފައި ވަނީ މި ޕްރޮގްރާމް ރާވާ ހިންގުމުގެ މަޤުޞަދުތަކުގަ ތެރޭގައި ހިމެނެނީ ރަށުގައި ރަނގަޅު ފެންވަރުގެ ލިޔުންތެރިން އުފެއްދުމުގެ އިތުރުން، ދަރިވަރުން ދިވެހި ބަހުގެ އެސްއެސްސީ އިމްތިހާނަށް ތައްޔާރު ކުރުން ކަމަށެވެ.

މި ޕްރޮގްރާމުގައި ޤައުމީ އައު މަންހަޖުގައި ހިމެނޭ ލިޔުންތެރި ކަމުގެ ހުރިހާ ބާވަތްތަކެއް ކިޔަވައިދޭއިރު، މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމުގެ އިތުރުން ލިޔުންތެރިކަމުގެ ބާވަތްތަކާއި ވައްތަރުތައް ފަދަ ބައިތައް ބައިވެރިންނަށް ކިޔައިދީ އެ ބައިތަކަށް ބައިވެރިން އަހުލުވެރި ކުރުން އޮންނާނެ ކަމުގައި ފަތުހުﷲ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން އިމްތިހާނު ތަކުގައި ދަރިވަރުންނަށް ހެދޭ ގޯސްތަކާއި ގުޅޭ މަޢުލޫމާތު ވެސް ހިއްސާ ކުރެވެމުން އަންނަ ކަން ފަތުހުﷲ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަތުހުﷲ ފާހަގަ ކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުން ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ބައިވެރިން ޕްރޮގްރާމަށް ބަހައްޓާ ޝަޢުޤުވެރިކަމާއި ދެއްވާ އެއްބާރުލުމެވެ.