ރަށުން ބޭރުގައި ލިބުނު ފުރަތަމަ މޮޅާއިއެކު ބާސާއަށް ހިތްހަމަޖެހުން
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ވިޔަރެއާލް ދަނޑުގައި އެ ޓީމް ބަލިކޮށް ބާސެލޯނާއިން ރަށުން ބޭރުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ބާސެލޯނާގެ މެންފިސް ޑިޕާއީއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން އެ ޓީމްގެ ގަވީ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި […]