ގްރަނާޑާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވައަށް ރެއާލް މެޑްރިޑް

photo_2021-11-22_11-30-20

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ގްރަނާޑާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރެއާލުންވަނީ މި ސީޒަންގެ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުނު މި މެޗުގައި ވެސް ތަކުރާރު ކޮށްފައެވެ. ރެއާލުން މެޗުގައި ލީޑު ނަގާފައި ވަނީ 19 ވަނަ މިނެޓުގައި ޓޯނީ ކުރޫސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާކޯ އެސެންސިއޯއެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު 25 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ތަނަވަސް ކުރި ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނަޗޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރަނާޑާއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލުއިސް ސުއަރޭޒްއެވެ. ރެއާލްގެ އޭރިއާގެ ބޭރުގައި ހުރެ ސުއަރޭޒް ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ގޯލަށް ވަދެފައިވަނީ އަލާބާގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރެއާލުން ވަނީ ލަނޑުޖަހައި ދެވަނަ ފަހަރަށް ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. މެޗުގައި ގްރަނާޑާއަށް އިތުރު މައްސަލަތަކާއި ކުރިމަތި ވެފައި ވަނީ 67 ވަނަ މިނެޓުގައި އެ ޓީމްގެ މޮންޗޫއަށް ރަތްކާޑު ދެއްކުމުންނެވެ. ރެފްރީ އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ރެއާލްގެ ވިނީސިއަސްއަށް ގަސްތުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 76 ވަނަ މިނެޓުގައި ކަސެމީރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފާލަންޑް މެންޑީއެވެ.

މި ނަތީޖާއާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިގެން ގޮސްފައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. މެޗުން ބަލިވު ގްރަނާޑާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑްއާއި ވެލެންސިއާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ސޮސިއެޑާޑްއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެން އޮތްނަމަވެސް އެ މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.