ހދ.ހަނިމާދޫ ކައުންސިލުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަބަސް ފަހަން ދަސްކޮށްދޭ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕަކީ ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާއި ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުއެވެ. މި ވޯކްޝޮޕް ނިންމާލުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުއެވެ.
މި ވޯކްޝޮޕްގައި 30 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ބައިވެރިޔަކު ވެސް ވޯކްޝޮޕަށް ހާޟިރުވާއިރު އަމިއްލަ ކަތުރާއި ފަހާފޮށި ގެންނަން ޖެހެއެވެ. ދެން ބޭނުންވާ ހުރިހާ ސާމާނެއް ވޯކްޝޮޕް ހިންގާ ފަރާތުން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން އައިޑީ ކާޑު ހިއްޕަވައިގެން ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ވޯކްޝޮޕާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލް މެންބަރ ނާޒިޔާ ޙަސަންއަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ފޯން: 7998223
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!