ށ. ބިލެއްފަހި ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ބިލެއްފަހު ކައުންސިލް ފުޓްސަލް ކަޕް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެންމެންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އެ ރަށުގައު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމެވެ. އަދި މީގެ އިތުރުން އެ ރަށުގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުން ވެސް މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Ad
rt

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 26 ޖުލައި 2022 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ޖުލައި 3 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަންޖެހެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ޖުލައި 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިލެއްފައި ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ޝީލްޑް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ޝީލްޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައެވެ.