Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
286 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި
Sports

ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބާސެލޯނާއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-1 ގެ ނަތީޖާއިންނެވެ. ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ އިންޓަ މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ފަހުއެވެ. އެ ރޭ ރާއްޖެ ގަނޑިން ދަންވަރު 0000 ގައި ފަށާ މި […]

ފުރަތަމަ ލެގުގައި އާސެނަލް ބަލިކޮށް ޕީއެސްޖީން ފައިނަލުގެ އުންމީދު ބޮޑުކޮށްފި
Sports

ފުރަތަމަ ލެގުގައި އާސެނަލް ބަލިކޮށް ޕީއެސްޖީން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލާއި ޕީއެސްޖީ ބައްދަލުކުރި މެޗު ހަނިގޮތަކަށް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރުސަތު ޕީއެސްޖީން ބޮޑުކޮށްފިއެވެ. ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމްވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި އޮންނާނީ ޕީއެސްޖީގެ ދަނޑުގައެވެ. ރޭ މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީއަށް ޖަހައިދިނީ ޑެމްބެލޭއެވެ. އަރިމަތިން ބޯޅަ ހިފައިގެނ...

ސިޓީއާއި ޕެލަސް އެފްއޭ ކަޕް ފައިނަލަށް
Sports

ސިޓީއާއި ޕެލަސް އެފްއޭ ކަޕް ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ފައިނަލުން މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ޖާގަ ހޯދައިފިއެވެ. ސިޓީން ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެންނެވެ. މިއީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ސިޓީން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. ފާއިތުވި ސީޒަންގައި ސިޓީ ވަނީ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވެފައެވެ. ނަމަވެސް އޭގެ ކުރީ ސީޒަންގައި އެފްއޭ ކަޕް އުފުލައިލީ ސިޓީންނެވެ. ސިޓީން ވަނީ ޖުމްލަ ހަތްފަހަރެއްގެ […]

20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ލިވަޕޫލުން ޔުނައިޓެޑާއި އަރާ ހަމަކޮށްފި
Sports

20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ލިވަޕޫލުން ޔުނައިޓެޑާއި އަރާ ހަމަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ކާމިޔާބުކޮށް، ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ. ލިވަޕޫލުން ވިހިވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ރޭ ލީގުގައި 5-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. ރޭ މެޗަށް ނުކުތްއިރު ލީގު ކަށަވަރު ކުރުމަށް ލިވަޕޫލަށް ބޭނުންވެފައި އޮތީ ވެސް އެންމެ ޕޮއިންޓެކެވެ. އަދި ލީގުގައި ބާކީ ލިވަޕޫލަށް ހަތަރު މެޗު އެބައޮތެވެ. ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު […]

ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި
Sports

ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި

ސްޕެނިޝް ލީގު ކަޕް (ކޮޕަ ޑެލް ރޭ) ފައިނަލް މެޗުގައި ރޭ ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބާސާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހުވަގުތު ކޫންޑޭ ޖަހައިދިން ލަނޑުންވެ. މެޗު ނިމިގެން ދިޔައީ 3-2 އިން […]

ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް
Sports

ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

ނީސް އަތުން ބަލިވެ، ޕީއެސްޖީން މި ސީޒަނުގައި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައިވާއިރު، އެ ޓީމުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ، ލީގުގައި ފުރަތަމަ ކުޅުނު 30 މެޗުން ވެސް ބަލިނުވެއެވެ. ރޭ 31 ވަނަ މެޗުގައި އެ ޓީމް ވަނީ ނީސް އަތުންބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތީ 31 މެޗުން […]

ގެޓާފޭ އަތުން މޮޅުވެ ރެއާލުން އުންމީދު ދަމަހައްޓައިފި
Sports

ގެޓާފޭ އަތުން މޮޅުވެ ރެއާލުން އުންމީދު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ޗެމްޕިއަންކަން ހޯދުމަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ވަނީ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މަޔޯކާ ބަލިކޮށް، ތާވަލުގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރޭ ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓްގެ ފަރަގު ރެއާލުން ވަނީ ކުޑަކޮށްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ […]

އާސެނަލް އެއްވަރުވުމުން ލިވަޕޫލަށް ބާކީ އެއް ޕޮއިންޓް
Sports

އާސެނަލް އެއްވަރުވުމުން ލިވަޕޫލަށް ބާކީ އެއް ޕޮއިންޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވުމުން، ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އިތުރަށް ތަނަވަސް ވެއްޖެއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 33 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އަންނަ ހަފްތާ ބަންދުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލިވަޕޫލަށް 20 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން […]

އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދެއްގެ ވެރިފަރާތް ހޯދަނީ
Thiladhunmathi News

އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދެއްގެ ވެރިފަރާތް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރުގައި ގަވައިދާ ހިލާފަށް އަޅާފައިވާ ދެކަނދުލީ އުޅަނދެއްގެ ވެރިފަރާތް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ އުޅަނދުގެ ވެރިފަރާތެއްވާނަމަ ހަތް ދުވަސްތެރޭ އެ އިދާރާއަށް އެންގުމަށް އެ ކައުންސިލުންކުރި އިއުލާނުގައި ވަނީ ބުނެފައެވެ. އެ މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިޔަކު ނުވެއްޖެނަމަ، އެ ކައުންސިލަށް ފެންނަ ގޮތެއްގެ މަތިން އުޅަނދާއި މެދު އަމަލުކުރެވޭނެ ކަމުގައި އެ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވެއެވެ.

ތިލަދުންމަތީގެ 9 ރަށުން ވާދަކުރާ "މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތް" ޖޫން މަހު
Thiladhunmathi News

ތިލަދުންމަތީގެ 9 ރަށުން ވާދަކުރާ "މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތް" ޖޫން މަހު

ތިލަދުންމަތީގެ 9 ރަށަކުން ވާދަކުރާ “މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމަންޓް 2025” އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މި މުބާރާތް އިންތިޒާމްކޮށް ހިންގަނީ، ހއ.މުރައިދޫގައި ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށްވާ “ނިޔާ އެކަޑަމީ” އިން ނެވެ. މުރައިދޫގައި ބާއްވާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ވާދަކުރަނީ އިންތިޒާމްކުރާ ފަރާތުން އިންވައިޓް ކޮށްފައިވާ 8 ރަށަކުންނެވެ. އެ ރަށްތަކަކީ ހއ.ބާރަށް، ހއ.ކެލާ، ހއ.އުތީމް، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.ދިއްދޫ އަދި ހދ.ފިނޭގެ...

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި
Thiladhunmathi News

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި

މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ހަދަން ނިންމާފައިވާ އައު އިމާރާތް އެޅުމަށް، ބިން އިތުރުކުރުމުގެ ބަދަލުގައި މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އުސްކޮށް އިމާރާތްކޮށް ހިދުމަތްތައް ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުގައި ސިޓީއަކުން އެދިލައްވާފައެވެ. އެ ސިޓީގައި ވަނީ އެސްޓ...

މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް
Thiladhunmathi News

މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް، މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އެޅޭނެ ގޮތުގެ ހިޔާލެއް ހުށަހަޅާފައިވާ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ އެ ސިޓީ ކައުންސިލަށް ސިޓީއަކުން އެދިފައެވެ. އެ ސިޓީގައި އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓ...

ޓޮޓެންހަމް ބަލިކޮށް ފޮރެސްޓް ތިންވަނައަށް
Sports

ޓޮޓެންހަމް ބަލިކޮށް ފޮރެސްޓް ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ފޮރެސްޓުން ޗެމްޕިއަންސް ލީގުގެ އުންމީދު ދަމަހައްޓައިފިއެވެ. ރޭ ރަށުން ބޭރުގައި ފޮރެސްޓުން ވަނީ 2-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ލީގުގެ ގަދަހަތަރަކަށް ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ރޭ ލިބުނު މޮޅާއިއެކު ފޮރެސްޓް ވަނީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލާފައެވެ. ހަތަރުވަނާގައި 33 މެޗުން 59 ޕޮއިންޓް ހޯދައިގެން […]

އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް
Sports

އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި، ފެޑެރިކޯ ވަލަވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 32 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. މި […]

ފަހަތުންއަރާ މެޗު ކާމިޔާބުކޮށް ބާސާއިން ލީޑު ފުޅާކޮށްފި
Sports

ފަހަތުންއަރާ މެޗު ކާމިޔާބުކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ފަހަތުންއަރާ ކާމިޔާބުކޮށް ޕޮއިންޓް ތަވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާކޮށްފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-3 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ފެރާންސް ޓޯރޭސް ޖަހައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ސެލްޓަގެ އިގްލީސިއަސް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. […]