ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބާސެލޯނާއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-1 ގެ ނަތީޖާއިންނެވެ.

ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ އިންޓަ މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ފަހުއެވެ. އެ ރޭ ރާއްޖެ ގަނޑިން ދަންވަރު 0000 ގައި ފަށާ މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

Ad
rt

ރޭ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އިންޓަ މިލާނުގެ މާކަސް ތުރަމް ވަނީ ލަނޑެއްޖަހައި އިންޓައަށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ބާސާއިން މުޅި ގޭމް ކޮންޓްރޯލް ކުރިއެވެ. އެކަމަކު 21 ވަނަ މިނެޓުގައި އިންޓައަށް ލިބުނު ކޯނަރަކުން އެ ޓީމުން ދެވަނަ ލަނޑެއް ޖަހައި ބާސާ ހާސްކޮށްލިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ.

ނަމަވެސް މެޗުގެ 24 ވަނަ މިނިޓުގައި ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ އޭނާގެ ފެންވަރު ދައްކާލައި ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް އުންމީދު ގެނުވާފައެވެ. އިންޓަގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު ޔަމާލް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަތްއިރު އިންޓަ މިލާނުގެ ކީޕަރު ޔާން ސޮމާ އަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާސާގެ ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ރަފީނިއާ ދިން ޕާހަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންޓަ އިން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު ޖެހީ، 63 ވަނަ މިނިޓްގައި ޑަމްފްރީސް އެވެ. މި ގޯލު ޖަހައި، އަލުން ލީޑުނަގައި، އިންޓަ އަށް ހަމަޖެހިނުލެވެނިސް ބާސެލޯނާ އިން އެއްވަރުކުރި އެވެ. ބާސެލޯނާ އިން އެއްވަރުކުރި ގޯލަކީ، ރަފީނިއާ ޖެހި ޝޮޓެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަނޑީގައި ޖެހިފައި، އިންޓަ ކީޕަރު، ޔެން ސޮމާ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.